
މަކީޓާ 4ވަނަ އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕް ގައި މަދަރުސާގެ ދަރިވަރުން ތަމްސީލް ކުރަނީ- ހދ. ކުޅުދުއްފުށި
މިމަދަރުސާގެ އިންޓަރހައުސް 2 ވަނަ އެތްލެޓިކުސް މުބާރާތް 2011 މާޗު 11 ވާ ހުކުރުދުވަހު ފަށާގޮތަށް ވަނީ ކަލަންޑަރު ކުރެވިފައެވެ. މިމުބާރާތް ބޭއްވެނީ މަދަރުސާގެ ތިން ހައުސް ކަމުގައިވާ މޭނާ ހައުސްއާއި ވޭލާ ހައުސް އަދި މަލިން ހައުސްގެ މެދުގައެވެ. މުބާރާތް ބޭއްވުމުގެ މަޤްޞަދަކީ ދަރިވަރުން އެތްލެޓިކްސްއަށް ޝައުޤުވެރި ކުރުމާއި އެތުލީޓުން އުފެއްދުމެވެ.
މިމުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް މިހާރުވަނީ ހުރިހާ ހައުސްތަކަކުންވެސް ފަށާފައެވެ. މިމުބާރާތް ބޭއްވެނީ ތިން ޢުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ 9 އަހަރުން ދަށް، 13 އަހަރުން ދަށް، އަދި 19 އަހަރުން ދަށެވެ.
މިފަހަރުގެ މުބާރާތުގައި ކުރިއަށް ގެންދެވޭ އިވެންޓްތަކަކީ ދުވުން, ލޯންގް ޗަންޕު، ސޮފްޓްބޯލް ތްރޯ، ހާޑްބޯލް ތްރޯ، ޑިސްކަސް ތްރޯ އަދި ޝޮޓްޕުޓެވެ.
މިމުބާރާތް އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ނުގެންދެވެނީ ކުޅިވަރުކުޅެވޭ ކަހަލަ ބިމެއް ނެތުމުގެ ސަބަބުންނާއި ކުޅިވަރަށް ބޭނުންވާނެ ސާމާނު ލިބެން ނެތުމުންނެވެ. އަދި ތަމުރީނުވެފައިވާ މީހުން ނެތުމަކީވެސް މުބާރާތް ހިންގުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމެކެވެ.