ހދ.އަތޮޅުގެ އަތޮޅު ޤުރުއާން މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް މިމަދަރުސާއިން ވަނީ މިހާރު ފަށާފައެވެ. މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް ކުރިއަށް ގެންދަވަނީ މިމަދަރުސާގެ އިސްލާމްކުލަބުގެ ބެލުމުގެ ދަށުން މިމަދަރުސާގެ ޤުރުއާން މުދައްރިސް އަލްފާޟިލާ ފާތިމަތު ޒުއްޔިނާ މުނީރެވެ.
ދަރިވަރުން ތައްޔާރުކުރުމުގެ ގޮތުން ދަރިވަރުންނަށް ތާވަލުކޮށްގެން އިތުރުކުލާސްތަކެއް މިހާރުވަނީ ކުރިއަށް ގެންދަން ފަށާފައެވެ. މިމުބާރާތަށް ތައްޔާރުވުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ރަށުގައި ޤުރުއާން ކިޔަވައި ދެއްވަވާ ދެ މުދައްރިސުންގެ އެހީތެރިކަން ހޯދާގޮތަށް މިހާރު މިމަދަރުސާއިންވަނީ ހަމަޖައްސާފައެވެ.
އަތޮޅު ޤުރުއާން މުބާރާތަށް ތައްޔާރުވުމަށްޓަކައި ދަރިވަރުން ދަނީ ފަރިތަކުރަމުންނެވެ. ދަރިވަރުންގެ ޤުރުއާން ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކޮންމެ އަހަރަކުވެސް މިމަދަރުސާގެ އިސްލާމް ކުލަބުން ތަފާތު ޙަރަކާތްތައް ހިންގައެވެ.
ހދ. އަތޮޅު މަދަރުސާއިން އަތޮޅު ޤުރުއާން މުބާރާތަށް ތައްޔާރުވާން ފަށައިފި.
ލިޔުން: މުޙައްމަދު ޙިލްމީ | ޕޯސްޓްކުރީ: Friday, March 4, 2011 05:47 AM. | ހިމެނިފައިވަނީ: ހަރަކާތްތައް, ޚަބަރު
