
އިންގްލިޝް ޑޭގެ ހަރަކާތެއްގެ ތެރެއިން
ހދ. އަތޮޅުމަދަރުސާގެ 2012 ވަނައަހަރުގެ އިންގްލިޝްޑޭގެ ޙަރަކާތްތައް ބާއްވައިފިއެވެ. މިޙަރަކާތްތައް ފެށުނީ 2012 ޖޫން 22 ވީ ހުކުރު ދުވަހުގެ މެންދުރުފަހު 2:00 މިނިޓުގައެވެ. ޙަރަކާތްތައް ނިމުނީ 23 ވީ ހޮނިހިރު ދުވަހުގެ ހަވީރު 5:30 ގައެވެ. އިންގްލިޝްޑޭގެ ޙަރަކާތްތައް ގެންދެވުނީ މިމަދަރުސާގެ ތިންހައުސް ކަމަށްވާ މޭނާހައުސް، މަލިންހައުސް އަދި ވޭލާހައުސްގެ މެދުގައެވެ. މިޙަރަކާތްތައް ގެންދެވުނީ ހަތަރު އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ ކިޑީސް، ސަބްޖޫނިއާރސް، ޖޫނިއާރސް އަދި ސީނިއަރ ގުރޫޕެވެ.
ކިޑީސް ގުރޫޕަށް ގެންދެވުނު ޙަރަކާތްތަކަކީ ޕިކްޗަރ ރީޑިންގް، ސްޕެލިންބީ އަދި ޖަމްބަލް ލެޓާރސް އެވެ. ސަބްޖޫނިއާރސް ގުރޫޕަށް ގެންދެވުނު ޙަރަކާތްތަކަކީ ސްޕެލިންބީ، ސްޓޯރީ ޓެލިންގް އަދި ހޭންގްމޭނެވެ. ޖޫނިއާރސް ގުރޫޕަށް ގެންދެވުނު ޙަރަކާތްތަކަކީ އެލޮކިއުޝަން، ޕޮއަމް ރެސިޓޭޝަން އަދި ސްޕެލިންބީ އެވެ. ސީނިއަރ ގުރޫޕަށް ގެންދެވުނު ޙަރަކާތްތަކަކީ ސްޕެލިންބީ، ނިއުސް ރީޑިންގް އަދި އެލޮކިއުޝަންއެވެ. އަދި ހުރިހާ ޢުމުރުފުރައަކަށް ހުޅުވާލައިގެން ކޮންމެ ހައުސް އަކުން ޑްރާމާއެއް ހުށަޙެޅުން އޮތެވެ.
ކިޑީސް ގުރޫޕުގެ ނަތީޖާ
ޕިކްޗަރސް ސްޓޯރީ 1 ވަނަ : ޢާއިޝަތު އާލިފާ ގުރޭޑް 3 ވޭލާހައުސް
2 ވަނަ : އައިހަމް ވަޙީދު ގުރޭޑް 2 މޭނާހައުސް
2 ވަނަ : އާއިފު ރަބީޢު ގުރޭޑް 1 މޭނާހައުސް
2 ވަނަ : އިލްމާ ޢަބްދުﷲ ގުރޭޑް 2 މަލިންހައުސް
2 ވަނަ : ޢާއިޝަތު ޢަޒްމާ ގުރޭޑް 2 މަލިންހައުސް
3 ވަނަ : ޙުސައިން ރިބާޙު ގުރޭޑް 2 ވޭލާހައުސް
ސްޕެލިންބީ 1 ވަނަ : މޭނާހައުސް
2 ވަނަ : ވޭލާހައުސް
ޖަމްބަލްލެޓަރސް 1 ވަނަ : މޭނާހައުސް
2 ވަނަ : މަލިންހައުސް
ސަބް ޖޫނިއަރސް ގުރޫޕުގެ ނަތީޖާ
ސްޓޯރީ ޓެލިންގް 1 ވަނަ : ސައިނާ މުޙައްމަދު ގުރޭޑް 5 މޭނާހައުސް
2 ވަނަ : އަޙުމަދު އަރުޝަމް ގުރޭޑް 5 ވޭލާހައުސް
3 ވަނަ : މަލާޝާ ޝާކިރު ގުރޭޑް 5 މަލިންހައުސް
ސްޕެލިންބީ 1 ވަނަ : މަލިންހައުސް
2 ވަނަ : މޭނާހައުސް
ހޭންގްމޭން 1 ވަނަ : ވޭލާހައުސް
2 ވަނަ : މަލިންހައުސް
ޖޫނިއަރސް ގުރޫޕުގެ ނަތީޖާ
ޕޮޔަމް ރެސިޓޭޝަން 1 ވަނަ : އާމިނަތު ސާމިލާ ގުރޭޑް 7 ވޭލާހައުސް
2 ވަނަ : ފާތިމަތު މުޒުނާ ގުރޭޑް 6 މޭނާހައުސް
3 ވަނަ : މުހައްމަދު ޝަމްވީލް ގުރޭޑް 7 މަލިންހައުސް
އެލޮކޭޝަން 1 ވަނަ : އުލާ ޢަބްދުﷲ ޖަލީލު ގުރޭޑް 6 މަލިންހައުސް
2 ވަނަ : އަޙުމަދު ޒިޔާން ގުރޭޑް 7 ވޭލާހައުސް
3 ވަނަ : ޖުމާން ޝަރީފް ގުރޭޑް 7 މަލިންހައުސް
ސްޕެލިންބީ 1 ވަނަ : މަލިންހައުސް
2 ވަނަ : މޭނާހައުސް
ސީނިއަރ ގުރޫޕުގެ ނަތީޖާ
ނިއުސް ރީޑިންގ 1 ވަނަ : ޙަސަން ޢާރިފް ގުރޭޑް 10އޭ މޭނާހައުސް
1 ވަނަ : މުޙައްމަދު ޙާސިން ގުރޭޑް 10އޭ މަލިންހައުސް
2 ވަނަ : ސައުސަން ޖަލީލު ގުރޭޑް 10އޭ ވޭލާހައުސް
3 ވަނަ : ޒަހާ ޢަލީ ގުރޭޑް 8އޭ ވޭލާހައުސް
އެލޮކޭޝަން 1 ވަނަ : ސައުސަން ޖަލީލު ގުރޭޑް 10އޭ ވޭލާހައުސް
2 ވަނަ : ޢަލީ މުޢިއްޒު ގުރޭޑް 10އޭ މަލިންހައުސް
3 ވަނަ : އާލާ ޒާހިރު ގުރޭޑް 10އޭ މޭނާހައުސް
3 ވަނަ : ސުހާނާ ޢަބްދުލްމަޖީދު ގުރޭޑް 8އޭ މަލިންހައުސް
ސްޕެލިންބީ 1 ވަނަ : މަލިންހައުސް
2 ވަނަ : މޭނާހައުސް
ޑްރާމާ ކޮމްޕެޓިޝަން
1 ވަނަ: މަލިންހައުސް
2 ވަނަ: މޭނާހައުސް