ހދ.އަތޮޅުމަދަރުސާގެ 2011 ވަނައަހަރުގެ އަހަރީ ޢިނާމު ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މިރަސްމިއްޔާތު އޮތީ 7 ޖުލައި 2012 ވީ ހޮނިހިރު ދުވަހު ( މިއަދު ) 1:30 ގައި ހދ.އަތޮޅުމަދަރުސާގެ ޖަލްސާކުރާ މާލަމުގައެވެ
މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ޗީފް އެގްޒެކްޓިވް އޮފިސަރ ޑޮކްޓަރ ޢަބުދުލް މުޙްސިން މުޙައްމަދެވެ. މިރަސްމިއްޔާތުގައި ޝަރަފުވެރިޔާގެ އިތުރުން ހއ،ހދ،ށ ގެ އެޑިޔުކޭޝަން ޔުނިޓްގެ ސްޕްރިންޓެންޑެންޓް އަލްފާޟިލް އިބްރާހީމް ރަޝީދާއި ހަނިމާދޫ ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލް ޢަބްދުލް ޙަންނާނު އިދުރީސް ބައިވެރިވެ ވަޑައިގަތެވެ.
މިރަސްމިއްޔާތުގައި 86 ދަރިވަރުންނަށް 187 އިނާމް ޙަވާލުކުރެވުނެވެ. އެއީ ސަބްޖެކެޓް ޕްރައިޒް، ކުލާސް ޕްރައިޒް، ކުލާސް ޕްރޮގްރެސް ޕްރައިޒް، ޑިސިޕްލީން ޕްރައިޒް، އޮނަލިސްޓެޑް އެވޯޑް، ޖެނެރަލް ޕްރޮފެސިންސީ އެވޯޑް، ޕްރައިމަރީ ޓޮޕް ފައިވް، ޑިސްޓިންގްޝަން އިން ޖީ،ސީ ،އީ އޯލެވެލް ، އައިޖީސީއެސްއީ އަދި އެސް،އެސް،ސީ، ސުކޫލު ޓޮޕްޓެން، ޖީސީއީ އޯލެވެލް، އެސްއެސްސީ އަދި އައިޖީސީއެސްއީ އިމްތިޙާނުގެ ހުރިހާމާއްދާއަކުން ފާސްވި ދަރިވަރުންނަށް ދެވޭ އެވޯޑުގެ އިތުރުން 2011 ވަނަ އަހަރުގެ ބެސްޓް އޯލްރައުންޑެވެ. އަދި ޖީސީއީ އޯލެވެލް، އެސްއެސްސީ އަދި އައިޖީސީއެސްއީ އިމްތިޙާނުން %85 އަށްވުރެ މަތިން ސްކޫލަށް ނަތީޖާ ހޯދައިދެއްވާފައިވާ މުދައްރިސުންނަށް މިރަސްމިއްޔާތުގައި ސެޓްފިކެޓް ޙަވާލުކުރުންވެސް އޮތެވެ.
2011 ވަނަ އަހަރު ބެސްޓް އޯލް ރައުންޑްގެ މަޤާމް ޙާސިލްކޮށްފައިވަނީ ހދ.ވައިކަރަދޫ ސުހާނީ ޙަސްނާ ޢަބްދުއްރައްޒާޤެވެ.
ޢިނާމު ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި.
ލިޔުން: މޫސާ ފަހީމް | ޕޯސްޓްކުރީ: Saturday, July 7, 2012 09:31 PM. | ހިމެނިފައިވަނީ: ހަރަކާތްތައް, ޚަބަރު
