މި މަދަރުސާއަކީ ޖަޕާނުސަރުކާރުގެ ހިލޭއެހީގައި ދިވެހިސަރުކާރުން ހިންގެވި “ސްކޫލް ޢިމާރާތްކުރުމުގެ މަޝްރޫޢު”ގެ ދަށުން 1983 ޖެނުއަރީ 28ވީ ހުކުރުދުވަހު ހދ. އަތޮޅުގެ އެދުވަސްވަރުގެ އަތޮޅުވެރިޔާ އަލްފާޟިލް ޢަލީ ކަލޭފާނު ބިންގާއަޅުއްވައިދެއްވައި، 1 އަހަރުދުވަހުގެ ތެރޭގައި ޢިމާރާތްކުރުމުގެ މަސައްކަތް ނިންމުމަށްފަހު، 1984 މާރޗް 6 ވީ އަންގާރަ ދުވަހު އެދުވަސްވަރުގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން އޮނަރަބްލް އަލްއުސްތާޛު މުޙައްމަދު ޒާހިރު ޙުސައިން ރަސްމީގޮތުން ހުޅުއްވައިދެއްވާފައިވާ ތިލަދުންމަތީ ދެކުނުބުރިއަށް ނިސްބަތްވާ މަދަރުސާއެކެވެ.
6 މާރޗް 1984ގައި ރަސްމީގޮތުން މަދަރުސާ ހުޅުވި ކިޔަވައިދިނުން ފެށުނުހިސާބުން ފެށިގެން މަދަރުސާ ހިގަމުންދަނީ ވައިކަރަދޫގެ ހީވާގި ރައްޔިތުންގެ ގިނަބައެއްގެ އެހީތެރިކަމާއެކު ސަރުކާރުގެ ސީދާ ބެއްލެވުމުގެދަށުން ސަރުކާރުގެ ބަޖެޓުން ޚަރަދުކުރައްވައިގެން ހިންގަވާ ސަރުކާރު މަދަރުސާއެއްގެ ގޮތުގައެވެ. މަދަރުސާ ހުޅުވުނު ދުވަހުންފެށިގެން މެދުކެޑުމެއްނެތި ދިވެހިރާއްޖޭގެ ތަޢުލީމީ ޚިދުމަތުގައި 26 އަހަރުގެ ދިގުރާސްތާއެއް ވޭތުކުރިއިރު ހދ. އަތޮޅު މަދަރުސާގެ ދަރިވަރުންވެސް ދިވެހިރާއްޖޭގެ ތަޢުލީމީ ޤައުމީމަންހަޖަށް ވާޞިލްވުމަށް މަގުފަހިކޮށްދެއްވުމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުންނާއި، ޚިދުމަތްތެރި ބެލެނިވެރިންގެ އިތުރުން، މިލޮބުވެތި ދަރިވަރުންނަށްޓަކައި އެހީތެރިވެވަޑައިގަންނަވާ އެންމެހާ ފަރާތްތަކުން ކެނޑިނޭޅި ވެދެއްވަމުންގެންދަވާ ފުރިހަމައެހީތެރިކަމާއި، މަތިވެރި އެއްބާރުލެއްވުމަކީ ޚިދުމަތުގައި މަދަރުސާ ދެމިއޮތްހާހިނދަކު އާކުރެވޭ ހަނދާންތަކަކަށް ވާނޭކަން ޔަޤީނެވެ.
ބައްލަވަމުން ތިޔަ ގެންދަވަނީ : ހދ. އަތޮޅު މަދަރުސާ » މަދަރުސާ
Leave a Reply
ޑައުންލޯޑްސް
ޙަރަކާތް ކަލަންޑަރު
ފާހަގަ
ވެބްސައިޓްގެ އަރުޝީފް